ހިލޭ ޑިގްރީ ސްކީމް އިފްތިތާޙްކުރެއްވުމަކީ ރައީސްކަމުގެ ދައުރުގައި ހާސިލުކުރެއްވުނު އެންމެ ފަޚުރުވެރި ކާމިޔާބީ ކަމަށް ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިގޮތުން ހިލޭ ޑިގްރީ ސްކީމް އިފްތިތާޙް ކުރިތާ ހަ އަހަރު ފުރުމާ ގުޅިގެން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، މމީގެ ހަ އަހަރު ކުރިން ހިލޭ ޑިގްރީ ސްކީމް ފަށައި، ދަރިވަރުންނަށް މަތީ ތަޢުލީމަށް ހިލޭ ކިޔެވުމުގެ މަގު ހުޅުވިގެން ދިއުމަކީ އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައި ހާސިލުކުރެއްވުނު ކަންތައްތަކުގެ ތެރެއިން އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ ކަމަށެވެ.
On this day, 6 years ago, we launched our Free Degree Scheme opening up the avenue for students to pursue higher studies for free - one of my proudest achievements as President.
When we left office, more than 18,000 young Maldivians were enrolled for degrees and 8,500 young…
— Ibrahim Mohamed Solih (@ibusolih) February 14, 2025
މީގެ އިތުރުން، ވެރިކަން ނިމުނުއިރު، ހިލޭ ޑިގްރީ ސްކީމުގައި 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ބައިވެރިވެފައިވާއިރު، 8،500 ދަރިވަރުން ވަނީ އެ ޕުރޮގުރާމުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކޮށް ނިންމާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ތަޢުލީމަކީ ހަމަހަމަކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމު ކަމަށާއި، ތަޢުލީމުގެ ސަބަބުން ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށް ގޮސް، ޤައުމު ބިނާކުރުމުގައި ހިއްސާވުމުގެ ފުރުޞަތުތައް ހުޅުވާލެވިގެންދާ ކަމަށެވެ. އަދި ހިލޭ ޑިގްރީ ސްކީމްގެ ކާމިޔާބީ އަކީ މިކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ހިލޭ ޑިގުރީ ދިނީ ސޯލިހު އެބަދަލެއް ނުކުރެވޭނެ.
މި ލިޔުން ކިޔާލުމުން