ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެއި ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލް ނުކުރާ ކަމަށް އާޖެންޓީނާގެ އެންހަލް ޑި މަރިޔާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އޭނާ ކަމަށް ރޮނާލްޑް ކުރާ ދައުވާ ތަކުރާރު ކުރުމާމެދު، ދެކެނީ ކިހިނެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެއެވެ.
ގިނަ ދުވަސްތަކެއް ރޮނާލްޑޯ އާއި އެކު ރެޔަލް މެޑްރިޑަށް ކުޅެ ގިނަ ކާމިޔާބީ ތަކެއް އެކުގައި ހޯދައިފައިވާ ޑި މަރިޔާ ބުނި ގޮތުގައި ރޮނާލްޑޯ އެހެން ބުނުމުން އޭނާ ހައިރާން ނުވާ ކަމަށެއެވެ.އެއީ އަބަދުވެސް ރޮނާލްޑޯ ވަކާލާތު ކުރާ ކަމެއް ކަމަށާއި އެކީގައި ކުޅުނު 4 އަހަރު ވަރަށް ގިނަ ފަހަރަށް ރޮނާލްޑޯގެ ފަރާތުން އެ އަޑު އިވިފައިވާ ކަމަށެއެވެ.
"އެ އީ އަބަދުވެސް ރޮނާލްޑޯ ދެކޭ ގޮތް، އެކަމަކު ރޮނާލްޑޯ ގެ ބަދުނަސީބު އެއީ މެސީ އާއި އެއް ޖީލެއްގައި އޭނާޔަށް ކުޅެން ޖެހުނުކަން، ސަބަބަކީ މެސީ އެއީ މާ މޮޅު ޖާދޫގަރެއް ފަދަ ކުޅުންތެރިޔެއް'' މެސީ އާއި އެކު އާޖެންޓީނާ އަދި ފްރާންސްގެ ޕީ.އެސް.ޖީގައި ގިނަ ކާމިޔާބީ ތަކެއް ހޯދި ހަލުވި ފޯވާޑް ބުންޏެއެވެ.
''މީގަ ދައްކަން ޖެހޭ މާ ގިނަ ވާހަަކަތަކެއް ނެތް، ހަގީގަތް އެ އޮތީ ހިސާބު ތަކުން ފެންނަން، އެކަކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 8 ފަހަރު ހޯދި އިރު އަނެކަކަށް ލިބުނީ 5 ފަހަރު، އަދި ކޮޕާ އެމެރިކާ 2 ފަހަރު ވޯލްޑް ކަޕް އެއް ފަހަރު މެސީ ހޯދި''
ޑި މަރިޔާ އިތުރަށް ބުނި ގޮތުގައި މެސީ އަދި ރޮނާލްޑޯ އާއި އެކު ކުޅުމުގެ ނަސީބު އޭނާ އަށް ލިބުނު ކަމަށާއި، އޭނާ އަށް މެސީ އާއި އެއްހަމަ އެއްގައި ގުނާލެވޭނެ އިތުރު ކުޅުންތެރިއެއް ނުފެންނަ ކަމަށެއެވެ.އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ފެނިދާނެ ކަމަށް ގަބޫލް ކުރަން ވެސް ދަތި ކަމަށެއެވެ.
ޑި މަރިޔާ ވަނީ މެސީ އާއި އެކު 01 ވޯލްޑް ކަޕް އަދި 02 ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ.02 ފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައި ވާ އިރު ކޮޕާ ފައިނަލުގައި 05 ފަހަރު ކުޅެފައިވެއެވެ.
ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި މޮޅެތި ގިނަ ކުޅެންތެރިން ގަބޫލު ކުރާ ގޮތުގައި، ފުޓްބޯޅައި ގައި ހުރިހާ ކާމިޔާބެއް ހާސިލް ކޮށްފައިވާ މެސީ އަކީ ދުނިޔެ މިހާތަނަށް ދުއް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.އަދި އެފަދަ 2 ވަނަ ކުޅުންތެރިޔެއް ފެނިދާނެ ކަމާއި މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މެސީ އިންޓާ މަޔާމީ އާއި އެކު އާ ސީޒަނަށް ތައްޔާރު ވާން ފަށާފަ ވާއިރު އެމެރިކާގައި ސީޒަން ފެށޭނީ ފެބްރުއަރީ 21 ވަަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
koba ޙެކި ޑީމަރިއާބިނުކަމަށް
މި ލިޔުން ކިޔާލުމުން
އަހަރެމެން ރަށު ޑި ބްލޭންކޯސްމެން އަދި ތިފާޑުގެ ނޫސްތަކެއް ނުވެސްކިޔާނެ، ޑި މަރިޔާ އަކަށް ޑިބްލޭންކޮސް މެންނަކާ ތި ރޮގަކުން ޖަދަލެއް ނުކުރެވޭނެ އެހެން ބުނެެލަން މިއައީ، ވަރަށް ސަލާން ޑިމަރިޔާ އަށް
މި ލިޔުން ކިޔާލުމުން