ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ. #MTCCProjects #RayyithungeKunfuni pic.twitter.com/w6nLk7ya3m
— MTCC Plc (@MTCCPlc) February 13, 2025
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ 18 އޭޕްރީލް 2023 ގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ފެބުރުވަރީ 2024 ގައެވެ. މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާ އަށެވެ.
މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެވުނު އިރު، ކިނޮޅަހުގެ ރަށް ގިރުމުގެ މައްސަލަ އޮތީ ކަންބޮޑުވާ ހިސާބަށް ގޮސްފައެވެ. އެހެންކަމުން، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ކިނޮޅަހަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުވެގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން