ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.
މިގޮތުން ގެނެވުނު ބަދަލުތަކަކީ:
ރިއަލް އެސްޓޭޓް ފައިނޭންސިންގް
– އިކުއިޓީ ( އަމިއްލަ އަށް ކުރަންޖެހޭ ޚަރަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކުރުން
– ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
– ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި ރަޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން
ގެސްޓްހައުސް ފައިނޭންސިންގް
– ފައިނޭންސިން އަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
– ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ފައިނޭންސިންގް ލިބުން
– އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓު ގެ ރޭޓުން ފައިނޭންސިންގް ލިބުން
ވޯކިން ކެޕިޓަލް ފައިނޭންސިންގް
– ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭ ގޮތް ހަމަޖެއްސުން
– ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލް އިން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށެވެ.
އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން