ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވަޒީރާއި ސަފީރު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
The Minister of Sports, Fitness, and Recreation, Abdulla Rafiu, met with the Ambassador of Japan to the Republic of Maldives, Her Excellency Mrs. ISHIGAMI Rumiko.
During the meeting, Minister Rafiu and H.E. ISHIGAMI engaged in discussions on strengthening collaboration between… pic.twitter.com/cL6bL0bb5l— Ministry of Sports, Fitness and Recreation (@MoSFR_mv) February 12, 2025
މީގެ އިތުރުން، ކުޅިވަރާ ބެހޭ ބިނާރު ރަނގަޅުކުރުމާ ގުޅޭގޮތުންނާއި، ތަމްރީން ޕުރޮގުރާމުތައް ހިންގުމުގެ އިތުރުން ރާއްޖޭގައި ކުޅިވަރު ކުރިއެރިވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.
ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ މިއަދެވެ. މިގޮތުން ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން