ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވާކްސްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައިފައެވެ.
މި މުއާހަދާއަކީ ރާއްޖޭގެ އަދަބީ އުފެއްދުންތަކާއި ފަންނީ އުފެއްދުންތަކަށް ބޭރު ޤައުމުތަކުން ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރުގެ އުފެއްދުންތެރީންގެ އުފެއްދުންތަކަށޤ، ރާއްޖޭގައި ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭ މުއާހަދާއެކެވެ.
މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހާއި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ 26 ޖަނަވަރީ 2025 ގައެވެ.
މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ލިޔުން ކިޔާލުމުން