ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މެދުމިންގަނޑަކަށް ވައި ނުސާފުވެއްޖެ ނަމަ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށެވެ.
އަދި މިފަދަ ހާލަތްތަކުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށް ނިކުމެ އުޅުމުން ދުރުހެލިވުމަށާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން https://t.co/A0zz3pEFrP ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބައްލަވާ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ.#haze#airpollution#staysafe pic.twitter.com/BlO99oFhzY
— Health Protection Agency (@HPA_MV) February 11, 2025
މި ހާލަތްތަކުން ރައްކާތެރިވުމަށް ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ކުޑަދޮރުތަށް ލެއްޕުމަށާއި، ގޭގައި އެއަރޕިޔުރިފަޔަރ ބޭނުން ކުރުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އަދި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން