ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިޔަމި ބޮއެތަކާއި މާކާތައް މަރާމާތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ކަނޑުތަކުގައި ދަތުރު ފަތުރު ކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި މުހިއްމު ދައުރެއް އަދާ ކުރާ ނިޔަމި ބޮއެ ތަކާއި މާކަތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށައިފާވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތުގެ ސަބަބުން ކަނޑުމަތީގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިޔަމި ބޮއެތަކާއި މާކާތައް މަރާމާތްކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ސަބަބުން ކަނޑުމަތީގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާވެގެން ދާނެއެވެ. pic.twitter.com/2lbO42OGr0
— Ministry of Transport and Civil Aviation (@MoTCAmv) February 11, 2025
މި ލިޔުން ކިޔާލުމުން