ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ, އިންޑިއާގެ ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެްވި ޕޯސްޓެއްގައި ޝްރީ އޯމް ބިރްލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި މަޖިލީހުގެ ވަފުދާ ބައްދަލުކުރެއްވި ކަމަށާއި، އިންޑިއާ އާއި ދިވެހިރާއްޖެއިން ހިއްސާކުރަނީ ތާރީޚީ ގުޅުންތަކެއް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކަކީ އެކަމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމަށެވެ.
Had a warm interaction with the visiting Parliamentary Delegation from Maldives led by H.E. Mr. Abdul Raheem Abdulla, Speaker of the People’s Majlis of Maldives in Parliament premises.
India and Maldives share historic ties and people to people connections have played an… pic.twitter.com/mq0OGoWLrf— Om Birla (@ombirlakota) February 11, 2025
މީގެ އިތުރުން، އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތާއި "ސާގަރް" ތަޞައްވުރުގައި ރާއްޖެއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ޝްރީ އޯމް ބިރްލާ ތަކުރާރުކުރެއްވިއެވެ. އަދި އިސް ވަފުދުތަކުގެ ދަތުރުތަކާއި މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފަންނިއްޔަތާއި ޑިޖިޓަލައިޒޭޝަނާއި އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރާ ގޮތުގެ އަގު ޢަބްދުއްރާޙިމް ވަޒަންކުރެއްވިކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށާއި، ރާއްޖޭގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓައިޒްކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.
Happy to note Maldives Speaker’s appreciation for the usage of technology, digitalisation and use of AI by Parliament of India and his request to extend technological support to help Maldives Majlis to digitise its parliamentary resources.
Assured him to extend every possible… pic.twitter.com/o8pBImc6gh— Om Birla (@ombirlakota) February 11, 2025
އަދި މިކަމުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޝްރީ އޯމް ބިރްލާ ވަނީ އަރުވައިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތަމްރީންކުރުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައި، މަޖިލިސް މެންބަރުންނާއި އޮފިޝަލުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި "ޕްރައިޑް" ގެ ވަސީލަތްތައް ބޭނުންކުރެވިދާނެކަން އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމަކީ ޢަބްދުއްރާޙީމް އިންޑިއާއަށް މިހާރު ކރުައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބްއެވެ.
މި ލިޔުން ކިޔާލުމުން