އިނގިރޭސި އެފް.އޭ ކަޕުގެ 4 ވަނަ ބުރުން ޗެލްސީ ބަލިވެ ކަޓައިފިއެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެއެވެ.
މެޗުގެ ފުރަތަމަ ގޯލް ކާމިޔާބް ކުރީ ޗެލްސީިންނެވެ.މެޗު ފެށިގެން 5 ވަނަ މިނިޓުގައި ބްރައިޓަންގެ، ހޮލެންޑް ކީޕަރު ބާރޓް ވަރ ބުރުގެން އަތުން ބައިކޮޅަަށް ވަން ގޯލަކުން ޗެލްސީން ވަނީ ކުރި ހޯދާފައެވެ.ބްރައިޓަން އެއްވަރު ކުރި ގޯލް ޖެހީ 12 ވަނަ މިނިޓުގައި އެ ޓީމުގެ ފަރަންސޭސީ ފޯވާޑް ޖިއޮޖީނިޔޯ ރުއްޓާ އެވެ.
2 ޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނުނު މި މެޗުގެ 2 ވަނަ ހާފް ފެށިގެން 57 ވަނަ މިނިޓުގައި ބްރައިޓަން މޮޅުވި ގޯލް ކާމިޔާބް ކޮށްދިނީ ޖަޕާނަށް އުފަން ކައުރޯ މިޓޯމާއެވެ.މި ސީޒަނުގައި މިޓޯމާ ވަނީ ބްރައިޓަންއަށް 5 ގޯލް ޖަހައިދީ އިތުރު 3 ގޯލް ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ފުރަތަމަ އެގާރައިގަ ވަރުގަދަ ކުޅުންތެރިން ތަކެއް ހިމަނައިގެން ނިކުތް ޗެލްސީއަށް ފަހު ހާފުގައި މާ ނުރައްކާތެރި ހަމަލާ ތަކެއް އުފެއްދިފައެއް ނުވެއެވެ.
މި ބައްޔާއި އެކު ރަށުން ބޭރުގައި ޗެލްސީން މޮޅެއް ނުލިބި 5 މެޗު ހަމަވީއެވެ.
މި ލިޔުން ކިޔާލުމުން