ސައޫދީ ގެ އެހީތެރިކަމާއި އެކު ޒުވާން ޙަތީބުން އުމުރާއަށް
ސައޫދީ އަރަބިއްޔާގެ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒުވާން ޙަތީބުން ހިމެނޭހެން ޒުވާނުންނަށް އުމުރާގެ ފުރުޞަތު ފަހިކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ ވަމީ އާއި މިނިސްޓްރީން އިންތިޒާމް ކުރާ މި ދަތުރުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި އިސްލާިކް ޔުނިވަރސިޓީ ޔޫނިއަންއާއި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާނެ ކަމަށެވެ.
ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގައި ދާ ފަރާތްތަކަށް އުމްރާކުރުމުގެ މަޢުލޫމާތު ދިނުން. މިދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަންއާއި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާނެ pic.twitter.com/lBSA0CqpgF
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 8, 2025
މިނިސްޓްރީން ވަނީ މި ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް އުމުރާ ކުރުމުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ބާއްވާފައެވެ.
2024 ވަނަ އަހަރު އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު ގައި ޖުމްލަ 930 އިމާމުންނާއި ޚަޠީބުން ވަނީ ތަމްރީން ކޮށްފައެވެ. ތަމްރީން ކުރި ޒުވާން ހަތީބުން މިހާރު ދަނީ މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު އަދި އަދި ނަމާދުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން