ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ދެ ޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ ލީޑު ނަގާ ލަނޑެއް ޖެހީ ލިބުނު ޕެނަލްޓީއަކުން އެޓްލެޓިކޯއިންނެވެ. އެޓްލެޓިކޯއަށް މި ލަނޑު ޖަހައިދިނީ 35 ވަނަ މިނިޓުގައި އާޖެންޓީނާގެ ޒުވާން ފޯވާޑު އަލްވަރޭޒްއެވެ.
ދެވަނަ ހާފްއަށް ނުކުމެ ރެއާލްގެ ކުޅުން ވަރުގަދަކޮށް މެޗުގެ 50 ވަނަ މިނިޓުގައި ރެއާލްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލަކީ އެމްބާޕޭގެ ކެރިއަރުގައި ކާމިޔާބުކުރި 500 ވަނަ ގޯލެވެ.
މި މެޗުން ދެ ޓީމު އެއްވަރުވިއިރު، ލީގު ތާވަލުގެ ތިން ވަނައިގައި އޮތް ބާސެލޯނާ އަށް މި ވަނީ ލީގުގެ އެއްވަނަ ނުވަތަ ދެވަނައަށް ދާން އޮތް ފުރުސަތު ބޮޑުވެފައެވެ. ބާސެލޯނާ 22 މެޗުން 45 ޕޮއިންޓް ހޯދިއިރު، ރެއާލްއަށް ލިބުނީ 23 މެޗުން 50 ޕޮއިންޓެވެ. އެޓްލެޓިކޯ އޮތީ 23 މެޗުން 49 ޕޮއިންޓާއި އެކީ ދެވަނައިގައެވެ.
މިރޭ ބާސެލޯނާ ވެލެންސިއާއި ދެކޮޅަށް ނުކުންނައިރު، މޮޅުވެއްޖެނަމަ ރެއާލް މެޑްރިޑާއި 02 ޕޮއިންޓަށް އަދި އެތްލެޓިކޯ އާއި 01 ޕޮއިންޓަށް ކައިރި ކުރެވޭނެ އެވެ.
މި ލިޔުން ކިޔާލުމުން