ކޮޕަ ޑެލްރޭގެ ކުއާޓަރ ފައިނަލުގައި 5-0 ގެ ނަތީޖާ އަކުން ވެލެންސިޔާ ބަލިކުރުމަށްފަހު ބާސާއިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ވެލެންސިޔާގެ ދަނޑު ކަމަށްވާ އެސްޓާޑިޔޯ ޑި މެސްޓާލާ ގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ގޮސް ނިމުމާއި ހަމަޔަށް ބާސަލޯނާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ފެރާން ޓޮރޭސް ގެ ތަފާތު ކުޅެމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފްގައި ބާސާއިން ވަނީ 3 ގޯލް ޖަހާފައެވެ. ކުރިން ކުޅުނު ކްލަބް ކޮޅަށް މި 3 ގޯލް ޖަހާ ހެޓްރިކް ހަދާ ދިނީ ވެސް ފެރާން ޓޮރޭސްއެވެ. އޭނާ ގެ ފުޓްބޯޅަ ކެރިއަރު ފެށީ ވެލެންސިޔާއިންނެއެވެ.
01 ނަމްބަރު ފޯވާޑް ލެވަންޑޯސްކީ އާއި ނުލައި ބާސާއިން ފެށި މި މެޗު، އެ ޓީމުގެ 4 ވަނަ ގޯލް ފާމިން ލޮޕޭޒް ކާމިޔާބް ކޮށްދިން އިރު ، ފަހު ގޯލް ޖަހައި ދިނީ އުއްމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.
މޮޅު ކުޅުމެއް ޔަމާލް ގެ ފަރާތުން ފެނިގެން ދިޔަ މެޗުގައި އޭނާ ފޮނުވާލި ނުރައްކާތެރި 2 ހަމަލާވަނީ ގޯލު ދަނޑިޔަށްވެސް އަމާޒުވެފަ އެވެ.
''އަހަރެމެން މީ ބާސާ، ސެމީ ފައިނަލުގަ ކޮންމެ ޓީމަކާ ޖެހުނަސް ފަރުވާލެއް ނެއް، ނިކުންނާނީ އަހަރެމެން އަބަދުވެސް ކުޅޭ ކުޅުން ކުޅެ މޮޅުވާން'' ސެމީ ފައިނަލުގައި ނުކުންނަން ބޭނުން ވަނީ ކޮން ޓީމަކާއި ދެ ކޮޅަށްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބް ދެމުން ބާސާގެ ފޯވާޑް ފާމިން ލޮޕޭޒް ބުންޏެއެވެ.
ކޮޕަ ޑެލް ރޭ ސެމީ ފައިނަލްގެ ބާކީ ޖާގަތައް ކަށަވަރު ކޮށްފައި ވަނީ ރެއަލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް އަދި ރެއަލް ސޮސިއެޑާޑް އިންނެއެވެ.
ފެބްރުއަރީ 12 ވަަނަ ދުވަހު ސެމީ ފައިނަލްގެ ގުރު ނެގުމަށް ހަމަ ޖެހިފައިވައިވާ އިރު ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ ފެބުރުއަރީ 25، 26 އަދި 27 ގައެވެ.
މި ލިޔުން ކިޔާލުމުން