ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިއްބަވާނެ ކަމުގައި އެމްޑީޕީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ 13 އަހަރު ފުރުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވީ، މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށެވެ.
މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ. އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި… pic.twitter.com/ILg0U6dUIv
— Fayyaz Ismail (@faya_i) February 7, 2025
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށާއި، އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތްތަކަކުން ކަމަށެވެ.
"ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އަޅުގަނޑުމެން ދެމިތިބޭނަން"، ފައްޔާޟް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ 7 ފެބުރުވަރީ 2012 ގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތައްކޮށް، ބައެއް ފުލުހުންނާއި ސިފައިންވެސް ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ހަމަނުޖެހުންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ. އެއިރު އެމްޑީޕީގެ ލީޑަރަކަށް ހުންނަވައިގެން އިންޤިލާބީ އިންތިޚާބަކަށްފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ސަރުކާރަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރެވެ. އެއިރުގެ ސަރުކާރު ބަދަލުވީ "ބަޣާވާތަކުން" ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެއެވެ.
ނަމަވެސް، އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެސް ވާ ގޮތުން ރައީސް ނަޝީދު އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ފައްޔާޒު މިނިސްޓަރު ކަން ލިބުނުފަހުނ ވެރިކަމަށް ދަހިވެތި ތިވަނީ ހާދަ ވަރަކަށޭދޯ
މި ލިޔުން ކިޔާލުމުން