މާލޭގެ އެކި އެކި ޢިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީ ގެ ފެން, ދިޔަދޮވި އަދި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ތަންތަން ހޯދާ އެކަންތައް އިސްލާހުކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ކޮންމެ ދުވަހުކުވެސް އެކަން އިސްލާހްކުރުމަށް ކައުންސިލުންދަނީ މިހާރު އަންގަމުން ކަމަށެވެ.
އޭސީ ފެން, ދިޔަދޮވި އަދި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ތަންތަން ހޯދާ އެކަންތައް އިސްލާހުކުރުމަށް ކޮންމެ ދުވަހުކުވެސް ކައުންސިލުންދަނީ އަންގަމުން.އަދި ވަކި މުއްދަތެއް ތެރޭ އިސްލާހުނުކޮށް ހުންނަތަންތަނުގެ ވެރިފަރާތް ޖޫރިމަނާކުރެވޭނެ ވާހަކަ ދަންނަވަން pic.twitter.com/0J5u8qrxVL
— Malé City Council (@MaleCitymv) February 6, 2025
މިކަން ވަކި މުއދަތެއްގެ ތެރޭގައި އިސްލާޙް ކުރުމަށް މިހާރު ކައުންސިލުން އަންގާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އެކަން އިސްލާހުނުކޮށްފި ނަމަ އެފަދަ ތަންތަނުގެ ވެރިފަރާތް ޖޫރިމަނާކުރުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.
މާލޭގެ މަގުމަތީގެ ދުވާރު މަތިން ހިންގާފައި ދާއިރު އޭސީ އަދި ދިޔަދޮވިތަކުން ހިނގާބިގާވެ އުލޭމީހުންގެ ގަޔަށް ފެން ފައިބައެވެ. މީގެ އިތުރުން ގޭގައި ހުންނަ ދޮންނަ މެޝިނުންވެސް ބޭރުވާ ފެން މަގުމައްޗަށް ބައެއް ފަރާތްތަކުން ދޫކުރާކަން ފާހަގަކުރެވެއެއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ވަރައް ރަންގަޅު ކަންމެއް މިކަންތައް އިސްލާހު ނުކުރާމީހުން 1000 ރުފިއާ އިން ޖުރިމަނާ ކުރަން ފެނޭ ސަބަބަކީ އާންމުންގެ އެތައް ބަޔަކައް ޖެހޭ އުންދަގުލަކައް ވުން.
މި ލިޔުން ކިޔާލުމުން