މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީ.އީ.އޯ، މުޙައްމަދު ރިޝްވާން ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ އެމްޑީގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، އަލްފާޟިލް މުޙައްމަދު ރިޝްވާނު، މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) February 5, 2025
އެމްޕީއެލްގެ އެމްޑީގެ މަޤާމު ހުސްވެފައި މިވަނީ އެ މަޤާމުގައި ކުރިން އިންނެވި މުޙައްމަދު ވަޖީޙް އިބްރާހީމް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އެ މަޤާމަށް މިއަދު ޢައްޔަންކުރެވުނު ރިޝްވާނަކީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ އިތުރުން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސާއި، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުކަންވެސް ކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން