ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ބައްދަލުވުމުގައި ދެކެވުނު ބިނާކުރަނިވި ވާހަކަތަކުގެ އަގުވަޒަންކުރައްވާ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ސިނާޢަތުގެ ބައިވެރިންނާއެކު މަސައްކަތް ކުރެއްވުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.
Had the pleasure of meeting with the Board of @matimaldivesmv.
I appreciate invaluable insights and the constructive conversation we had today, and look forward to working with our industry partners to drive sustainable growth and development of our tourism industry. pic.twitter.com/9Xb1br638O
— Thoriq Ibrahim (@Thoriqibrahim) February 4, 2025
މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 1982 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމުޢިއްޔާއެކެވެ. މިއީ ފަތުރުވެރިކަމާ ބެހޭ މަސައްކަތްތަކާ ވަޒީރު ހަވާލުވެވަޑައިގެންނެވި ފަހުން މަޓީއާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރައީސް ކެބިނެޓަށް މި ބަދަލު ގެންނެވީ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ދަރިކަލުން އިބްރާހީމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމަށްފަހު އެވެ.
މި ލިޔުން ކިޔާލުމުން