މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދުމާ ގުޅޭ ކަންކަން ރެގިއުލޭޓު ކުރާނެ ގޮތުގެ ގަވާއިދެއް ހެދުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިފަދަ ގަވާއިދެއް ހެދުމަށް ނިންމަވާފައި ވަނީ އެކިއެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދުން ގިނަވެފައިވާތީ، އެކަން ކަން ގާތުން ބެލުމަށް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްޞީލް ހުށަހެޅުމުން ކަމަށާއި، ހުއްދަ ތަކުރާރު ކުރެވޭނީ ޚަރަދު ކުރި ގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަށް ގަވާއިދުގައި ބަޔާން ކުރާނެ ކަމަށެވެ.
މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތަކަށް ލިބޭ ފައިސާ ބޭނުންކުރެވޭ ގޮތުގެ ތަފްޞީލް އެނގޭނެ ގޮތެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި އުޞޫލު ހެދުމަށް ހަމަޖެހިފައިވަނީ ދީނީ އެއްބައިވަންތަކަށް ޙިމާޔަތްކުރުމުގެ ޤާނޫގައި ގަވާއިދުގެ ތެރެއިންނެވެ.
މި ލިޔުން ކިޔާލުމުން