ޔޫރަޕާ ލީގުގެ ގަދަ 16އަށް މެންޗެސްޓާ ޔުނައިޓެޑް އާއި ޓޮޓެންހަމް ހޮޓްސްޕާސް ދަތުރުކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ގަދަ 16 އިން ޖާގައެއް ޔަގީން ކުރީ އެފްސީއެސްބީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސްޕާސް ގަދަ 16 ޔަގީން ކުރީ އެލްފްސްބާގްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ދެ މެޗުގައިވެސް ލަނޑުތަށް ކާމިޔާބުކޮށްދީފައި ވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ 60 ވަނަ މިނިޓު އަދި 68 ވަނަ މިނިޓުގައި ލަނޑު ޖަހައިދީފައެވެ. މި ލަނޑުތަށް ޖަހައިދިނީ ޑަލޮޓް އަދި މައިނޫ އެވެ.
ސްޕާސަ އަށް ބަލާލާއިރު، ސްޕާސްއިން އެފްސީއެސްބީގެ ކޮޅަށް ފުރަތަމަ ލަނޑު ޖަހައިދިނީ 70 ވަނަ މިނިޓުގައި ސްކާލެޓްއެވެ. އެއަށްފަހު އަޖާއީ ވަނީ 84 ވަނަ މިނިޓުގައި ލަނޑު ޖަހައިދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ސްޕާސް ގެ ތިން ވަނަ ލަނޑު ޖަހައިދިނީ މޫރޭއެވެ.
ޔޫރަޕާ ލީގުގެ ގަދަ 16 ގެ ގުރުއަތުލުން އޮންނާނީ ފެބުރުއަރީ 21 ވަނަ ދުވަހުގައެވެ. އަދި މެޗުތަށް ކުޅެން ފަށްޓާނީ މާރޗް 6 އިން ފެށިގެންނެވެ.
މި ލިޔުން ކިޔާލުމުން