1446 ވަނަ އަހަރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ގިނަ އޮފީސްތަކުން އެދެމުންދާތީ ކަމަށެވެ.
މިއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
އެހެންކަމުން، މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އެންސީއޭ އަށް ފޯމު ހުށަހެޅުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭ އިން ލިބޭނެއެވެ.
މި މުބާރާތުގައި އަބަދުވެސް ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެކެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އޮފީސް ޓެލެޑްރާމާ މުބާރާތް އަލުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
މި ލިޔުން ކިޔާލުމުން