ޞިއްހީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ތަޢާރަފްކޮށްފައިވާ އެއާ އެންބިއުލާންސުން މިހާތަނަށް 804 ބަލިމީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޞިއްޙީ ވުޒާރާއިން މިއަދު ބުނީ 1 މާރިޗު 2024 ގައި އިފްތިތާޙްކުރި ފަހުން، ރާއްޖޭގެ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ޅިދުމަތްދޭ އެއާ އެންބިއުލާންސުން 700 ދަތުރު އަޅައި، 804 ބަލިމީހުންނަށް އެހީތެރިވެފައިވާ ކަމަށެވެ.
Since its launch on March 1, 2024, Maldives Emergency Medical Services' air ambulance has completed 700 trips, attending to 804 patient cases. pic.twitter.com/Exnz9Y6lqj
— Ministry of Health (@MoHmv) January 21, 2025
އެއާ އެންބިއުލާންސްގެ ޚިދުމަތަށް ބޭނުންކުރަނީ މޯލްޑިވިއަންގެ DHC-8-200 މަރުކައިގެ މަތިންދާ ބޯޓެކެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
އެއާ އެންބިއުލާންސްގެ ޚިދުމަތް ދޭ ބޯޓުގައި ޞިއްޙީ ކުއްލި ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭ ވަސީލަތްތަކާއެކު، ތަމްރީން ކޮށްފައިވާ 15 ޞިއްޚީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށް މީގެ ކުރިން ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.
މި ލިޔުން ކިޔާލުމުން