އަނެއްކާވެސް އާ ވައްތަރެއްގެ މަހެއް ދިވެހި ކަނޑުން ސައިންސްވެރިން ހޯދައިފި އެވެ.
މިއީ ބޭރުގެ ސައިންސްވެރިންނާއި ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު ގުޅިގެން ކުރެވުނު ދިރާސާއަކުން ހޯދިފައިވާ މަހެކެވެ.
މި މަހަކީ ކަނޑު އަޑިން އަލި ފަނޑުވާ ހިސާބުން، ގާތްގަނޑަކަށް 100 މީޓަރާ 125 މީޓަރާ ދެމެދުގެ ފުންމިނުން ހޯދި، ބުރަކި އާއިލާއަށް ނިސްބަތްވާ މަހެކެވެ. މި ފުންމިނަކީ ވަރަށް ތަފާތު ދިރުން ތަކެއް އުޅޭ ހިސާބެއްކަން މިފަދަ ހޯދުން ތަކުން ސާބިތު ކޮށްދޭ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
މި މަހަށް ދިން ދިވެހި ނަމަކީ "ރަކި ބުރެކި" އެވެ.
"ރަކި ބުރެކި" މި ނަމުން މި މަހަށް ނަން ދެވުނީ ޑައިވަރުން ފެންނައިރަށް ވަރަށް އަވަހަށް އެ މަސް ފިލާތީ ކަމަށް ދިރާސާކުރި ސައިންސްވެރިން ބުނެފައިވެ އެވެ.
ދުނިޔެއިން އަލަށް ރެކޯޑުކުރެވުނު މަހެއް، ދިވެހިރާއްޖެއިން! 🇲🇻
ދެވިފައިވާ ދިވެހި ނަން: ރަކި ބުރެކި
🧵1/5 pic.twitter.com/9GudAYqhxE— މެރީން ޖަރނަލް މޯލްޑިވްސް (@MarineJournalMV) January 18, 2025
ދެ އިންޗި ނުވަތަ ތިން އިންޗިއަށް މި މަސް ބޮޑުވާނެ ކަމަށް ސައިންސްވެރިން ބުނެފައިވާއިރު، މި މަސް ފެނިފައިވަނީ ރާއްޖޭގެ އަރި އަތޮޅު އުތުރު ބުރިން ފެށިގެން ނިލަންދެ އަތޮޅު ދެކުނު ބުރީގެ ސަރަހައްދުގައި ހިމެނޭ ފަރުތަކުންނެވެ.
ރަކި ބުރެކި އާއިލާގެ ތަފާތު ވައްތަރުތަކެއް ރާއްޖެއިން ރިކޯޑު ކުރެވިފައިވާ އިރު، މި މަހަކީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހެއް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
އެމުގެ ގޮތުގައިވެސް ބޭނުން ކުރާ ބުރަކި އާއިލާގެ މަސްތަކަކީ ވަރަށް ކުލަތަށް ރީތި މަސްތަކެކެވެ.
މި ލިޔުން ކިޔާލުމުން