ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ދިޔަ ހަ ކުއްޖަކު ކާމިޔާބުކަމާއެކު ފަރުވާ ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ބުނެފިއެވެ.
އެމްބީއެސް އިން ބުނީ މިކަމުން އެނގެނީ އެ ސަރވިސް އިން ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގައި ދެމިތިބޭނެކަން ކަމަށެވެ.
With the support of Maldives Blood Services, six children have successfully undergone bone marrow transplants abroad and returned home to their families. This reflects our continued commitment to improving care for children with Thalassemia. pic.twitter.com/pYk0YMKTiJ
— Maldivian Blood Services (@MBS_mv) January 19, 2025
ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުޞަތު މިދިޔަ އަހަރުގެ އަލުން ފަށާފައިވާއިރު، އޮކްޓޫބަރު މަހުގެ ނިޔަލަށް 14 ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. ސަރުކާރުން ވަނީ ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ބޯންމެރޯ ހެދުމަށް ފޮނުވުމަށް ނިންމައިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، އެ ހޮސްޕިޓަލް ބިނާކުރުމަށް 72،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފައެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭ ގޮތަށް ހަދާ މި ހޮސްޕިޓަލުގައި ލެބޯޓްރީއާއި، ވޯޑްތަކާއި، ޕްރައިވެޓް ރޫމްތަކާއި، އައިސީޔޫއާއި، އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭނެއެވެ. އަދި ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތް ވެސް މި ހޮސްޕިޓަލުން ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން