އަމީނީ މަގުގައި ހުރި އިމާރާތެއްގެ ބެލްކަނިން ބިއްލޫރިގަނޑެއް ވެއްޓި، ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ވެއްޓި އަނިޔާވީ ފިރިހެން ފުލުހަކަށް ކަމަށެވެ. އަދި އަނިޔާވި އޮފިސަރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ދޫކޮށްލާފަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގި ވަގުތު، އަނިޔާވި ފުލުސް މީހާ ހުރީ ފޯނު ކޯލަކާ ގުޅިގެން އިމާރާތުގެ ކުރިމަތީގައި މަޑުކޮށްލައިގެންނެވެ. ވެއްޓުނީ އިމާރާތުގެ ހަވަނަ ބުރީގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ތިން ބިއްލޫރިގަނޑުގެ ތެރެއިން އެއް ބިއްލޫރިގަނޑެވެ.
ބިއްލޫރިގަނޑުން ޖެހި ފުލުސް މީހާގެ ބޮލަށް އަނިޔާވެފައިވީ ނަމަވެސް، ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައެއް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކިޔާލުމުން