ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް, މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ގއ އަދި ގދ އަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ 12:50 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން އޮރެންޖް ސަމާލު މި ނެރުނީ މިއަދުގެ 12:30 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު އެ އަތޮޅުތަކަށް ނެރުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ.
Orange warning for torrential rain and thunderstorms with possible flooding. pic.twitter.com/hrHx9KNEMN
— Maldives Meteorology (@MetMaldives) January 9, 2025
އެ އޮފީހުން ކުރިއަށް އޮތް 24 ގަޑީރު މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން