ޗައިނާގެ ފަރުބަދަމަތީ ސަރަހައްދެއްކަމަށްވާ ޓިބެޓަށް ބާރުގަދަ ބިންހެލުމެއް އަައުމާއެކު ގިނަ ބަޔަކު މަރުވެއްޖެއެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައި ބިންހެލުމާއި ގުޅިގެން މިހާތަނަށް 53 މީހުން މަރުވެފައިވާކަމާއި އަދި 62 މީހުން އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
ޓިބެޓުގެ ސިޓީއެއް ކަމުގައިވާ ޝިގަޓްސޭގައި ބިންހެލުން އައީ ރެކްޓަރ މިންގަޑުން 7.1 ގެ ބާރުމިނުގައި، 10 ކިލޯމީޓަރު (6 މޭލު) ފުންމިނުން ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން މަޢުލޫމާތުދެއެވެ. އަދި އެސަރަހައްދަށް ގިނަ އަދަދަކަށް އާފްޓަރ ޝޮކްގެ އައިސްފައިވާކަމަށް ވެސް މަޢުލޫމާތުތަކުން އެނގޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ބިންހެލުމުގެ އަސަރު އަވައްޓެރި އިންޑިއާ އަދި ނޭޕާލުގެ ބައެއް ސަރަހައްދުތަކައް ވެސް ފޯރާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނޭޕާލުގެ އެވަރެސްޓް ކައިރިއަށް ބިންހެލުމުގެ އަސަރުކޮށްފައިވީ ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވެއެވެެ.
މިހާދިސާގެ ސަބަބުން ޓިބެޓުގައި ހުރި 1000 އަށް ވުރެ ގިނަ ގެ ވަނީ ހަލާުވެފައެވެ.
އަދި އެ ސަރަޙައްދުތަކުގެ ކަރަންޓާއި ފެނުގެ ޚިދުމަތްވެސް މި ބިންހެލުމުގެ ސަބަބުން ވަނީ މެދުކެނޑިފައެވެ.
ޗައިނާގެ އެއަރ ފޯސްއިން ވަނީ ޑްރޯންގެ އެހީގައި އެ ސަރަޚައްދު ބަލާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ރައްޔިތުން ސަލާމަތްކުރުމުގައި ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި އަދި ހާދިސާގައި އަސަރުކޮށްފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް ގޮވާލާފައެެވެ.
މި ލިޔުން ކިޔާލުމުން