ރާއްޖޭގެ އެއް އާއިލާ އަކަށް ނިސްބަތްވާ 40 މީހުން އުމުރާގެ އަޅުކަން އަދާކޮށްފިއެވެ.
މިކަން ހާމަކޮށް ސައުދި އަރާބިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ މި އާއިލާއިން ދިވެހި އެމްބަސީއަށް ވަނީ ޒިޔާރަތްކޮށްފައިވާ ކަން ހާމަކޮށްފައެވެ. މި ޒިޔާރަތުގައި ސައުދި އަރަބިއާއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އާއި އެމްބަސީގެ އިސްވެރިން އެ އާއިލާއާ ބައްދަލުކުރައްވާފައެވެ. މިއާއިލާގެ ތަފްޞީލެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.
A single Maldivian family comprising of 40 people who came for Umrah visited the Embassy on a familiarization visit. The group was welcomed by Ambassador Sareer and staff who enquired about their well-being and experiences of their Umrah visit. pic.twitter.com/hB0TZLgQT7
— Maldives in KSA (@MDVinSaudi) December 30, 2024
އަހަރުގެ މި ދުވަސްވަރަކީ ސްކޫލް ކުދިންގެ ދެވަނަ ޓާރމްގެ ޗުއްޓީ އަށްވާތީ ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ މަހު އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގައެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރު ގެ ޑިސެމްބަރު މަހު 6373 ވުރެ ގިނަ މީހުން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން