މައި ކޮލެޖްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް 300 ގަސް ހަދިޔާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މައި ކޮލެޖްގެ ފަރާތުން ކައުންސިލަށް 300 ހިޔާދޭ ގަސް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިއީ މާލޭ ސިޓީ ފެހިކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އެހީތެރިކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ގަސް ހަދިޔާކޮށްފައިވަނީ މައި ކޮލެޖްގެ ސްކޫލް އޮފް އެގްރިކަލްޗަރ އިންނެވެ. އެ ކޮލެޖްގައި ދަނޑުވެރިކަމާއި ބެހޭ ކޯސްތައްވެސް ހިންގައެވެ.
A big thank you to @MICOLLEGEMV School of Agriculture for generously donating 300 shade plants to Male City Council! 🌱 Your support will help make our city greener and more sustainable. We appreciate your commitment to environmental growth! #GreenMale pic.twitter.com/qaOlZeERZJ
— Malé City Council (@MaleCitymv) December 30, 2024
ސިޓީ ކައުންސިލުން ބުނީ މި ގަސްތައް މާލޭގެ އެކި ސަރަހައްދުތަކުގައި އިންދާނެކަމަށެވެ.
ސަރުކާރުން މިއަހަރު ވަނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފަށާފައެވެ. އެ މަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި އޮފީސްތަކުން މިއަހަރު 450000 ގަސް ވަނީ އިންދާފައެވެ.
މި ލިޔުން ކިޔާލުމުން