އައު އަހަރާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ނުލިބޭނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ 2025 ޖަނަވަރީ 1 އަދި 2 ވަނަ ދުވަހަކަީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، 30 ޑިސެންބަރު 2024 އިން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް ދެވޭނީ ބަންދު ދުވަސްތައް ނިމި، ސަރުކާރު އޮފީސްތައް ހުޅުވުމުން ކަމަށެވެ.
އެހެންކަމުން، ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިފަދަ ބަންދު ދުވަސްތައް އައުމުގެ ކުރިން މި ޚިދުމަތް ހޯދުމަކީ މުހިންމު ކަމެކެވެ. ޑީޖޭއޭ އިން އާންމުކޮށް ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ފޯރުކޮށްދޭ މި ޚިދުމަތް ސަރުކާރު ބަންދު ދުވަސްތަކާ ދިމާކޮށް މެދުކެނޑެއެވެ. މިކަމުގެ ސަބަބުން ކުއްލި ގޮތަކަށް ރެކޯޑު ސާފުކުރަން ޖެހޭ ފަރާތްތަކަށް ގޮންޖެހުންތައް ދިމާވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން