މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގައިފައެވެ. އަދި މި އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަންގައި 06 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@PoliceMv pic.twitter.com/uk1ZBZjdig
— Maldives Immigration (@ImmigrationMV) December 29, 2024
އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
މި ލިޔުން ކިޔާލުމުން