އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑރ. މަންމޯހަން ސިންގްގެ ތަޞައްވުރާއި ލީޑަރޝިޕް އަދި ނަޒާހަތްތެރިކަމާއި، އިންޑިއާގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތައް އަންނަން އޮތް ޖީލުތަކުގައިވެސް ހަނދާންކުރާނެ ކަމަށެވެ.
I extend our heartfelt condolences on the passing of Dr. Manmohan Singh, former Prime Minister of India. His visionary leadership, integrity and contributions to India’s development will be remembered for generations. Our thoughts and prayers are with his family, the Government…
— Hussain Mohamed Latheef (@HucenSembe) December 27, 2024
އަދި ނައިބު ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޢާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ.
ރޭގެ ވަގުތެއްގައި މަންމޯހަން ސިންގ އަވަހާރަވީ އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މަންމޯހަން ސިންގ އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.
މި ލިޔުން ކިޔާލުމުން