ގާރލް ގައިޑްގެ އައްޑޫ ސިޓީގެ ފުރަތަމަ ޔަންގް ލީޑަރސް ގޮފި މިއަދު އިފްތިތާޙުކޮށްފި އެވެ.
މިއަދު ފޭދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި 18 ގައިޑުން ވަނީ ހުވާކޮށްފައެވެ.މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީޤް އެވެ.
މިބްރައުންޒް ޕާރމް ގައިޑަރ ޖުހައިނާ ސަބަބަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔަންގް ލިޑަރސް ގޮފީގައި މިހާރު 47 ގައިޑުން ބައިވެރިވެފައިވަ ކަމަށެވެ. އެހެން ނަމަވެސް ހުވާކޮށް ގޮފީގައި ރަޖިސްޓްރީ ވަނީ މި ކުދިން ފުރިހަމަކުރަންޖެހޭ ޓާސްކްތައް ފުރިހަމަކުރުމަ ކުރުމުން ކަމަށެވެ. އެގޮތުން ވަކި ގަޑިތަކެއް ދަރުމައަށް މަސައްކަތް ކުރުމާއި އެކި އެކި ޙަރަކާތް ހިންގުން ހިމެނެއެވެ.
ޖުހައިނާ ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމެއް އަދި މަސައްކަތެއް ކޮށްފައިވަނީ އެ ކުދިން އަމިއްލައަސް ކަމަށެވެ.
ޔަންގް ލިޑަރސް ގޮފީގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ 18 އަހަރާއި 25 އަހަރުގެ ކޮންމެ އަންހެން ކުއްޖަކަށްވެސް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އެހެން ކަމުން މި ގޮފީގައި ވީހާވެސް ގިނަ އަންހެން ކުދިން ބައިވެރިވުމަކީ ގާރލް ގައިޑް އެސޯސިއޭޝަންގެ އެދުމެކެވެ.
މީގެ އިތުރުން އައްޑޫގައި ބާއްވާ އެކި އެކި ހަރަކާތްތަކުގައި މިކުދިންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްވެސް އޭނާ އެދިވަޑައިގަތެވެ.
އައްޑޫގައި ޔަންގް ލިޑަރސް ގޮފި އިފްތިތާޙް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުގައެވެ.
މި ލިޔުން ކިޔާލުމުން