15 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން ވޭޕް ބޭނުން ކުރުމާއި ގެންގުޅުމާއި ވޭޕް ގެ ވިޔަފާރި ކުރުމަކީ ޤާނުނީ ފިޔަވަޅު އެޅޭނެ ކުށެކެވެ.
ސަރުކާރުގެ ފަރާތުން މި އަހަރު އޮކްޓޯބަރ މަހު ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހުތަކެއް ގެންނަން މަޖީލީހަށް ހުށަހަޅި ބިލު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މި ޤާނޫނުގެ ދަށުން, ދިވެހިރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުންކުރުމަކީ ބޮޑެތި ޖޫރިމަނާ ކަނޑައެޅިފައިވާ ކުށްތަކެވެ.
މި ޤާނޫނު ގެ ދަށުން ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ ޖޫރިމާނާތަކަކީ:
- ވޭޕް ކުރުމަށް ކުރުމަށް ބޭނުންކުރާ ތަފާތު އެކި ބާވަތްތަކުގެ އެއްޗިހި އެތެރެ ކޮށްފިނަމަ, 50,000ރ ގެ އަދަދަކުން ޖޫރިމަނާ ކުރުން.
- އެތެރެ ކުރާ ވަކި ވަކި ކޮންމެ ވޭޕްއަކުން 10,000ރ ގެ އަދަދަކުން ޖުރިމަނާ ކުރުން.
- ރާއްޖޭގައި ވޭޕްގެ ވިޔާފާރީގެ މުޢާމަލާތް ހިންގާ ކޮންމެ ފަރާތަކުން 20,000ރ ގެ އަދަދަކުން ޖޫރިމާނާކުރުން, އަދި އެމީހެއް ފަރާތުން އެތެރެ ކުރި ކޮންމެ ވޭޕަކަށް 10,000ރ ގެ އަދަދަކުން ޖޫރިމަނާ ކުރުން.
- ވޭޕްގެ އެއްވެސް ބާވަތެއް ހިލޭ ބެހައިފިނަ, އެމީހަކު 10,000ރ ގެ އަދަދަކުން ޖޫރިމަނާ ކުރުން.
- ވޭޕް ބޭނުން ކުރާ އާއްމު ކޮންމެ މީހެއް 5,000ރ ގެ އަދަދުން ޖޫރިމަނާ ކުރުން.
- ވޭޕްގެ ވިޔަފާރި ކުރުން ތަކުރާރުކޮށްފިނަމަ 50,000ރ ގެ އަދަދަކުން ޖުރިމަނާކޮށް,
- އަދި އެތެރެ ކުރި ކޮންމެ ވޭޕް އަކުން 10,000ރ ގެ އަދަދަކުން ޖުރިމަނާ ކުރުން.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު ހަރުކަށި ކުރުމުގެ ގޮތުން, ސަރުކާރުން ވަނީ, ދުންފަތުގެ މުޢާމަލާތްކުރުމާއި ދުންފަތްތުގެ ވިޔަފާރި ކުރެވޭނެ އުމުރަކީ 21 އަހަރުކަމުގައި ވެސް ކަނޑައަޅާފައެވެ. އަދި އާންމުކޮށް މީހުން އުޅޭ ތަންތާގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން