މީޑިއާތަކާއި ނޫސްތަކާ ގުޅޭ ޝަކުވާތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހަމަޖައްސައިފި އެވެ.
އެމްއެމްސީން ބުނީ އެ އިންތިޒާމު ހަމަޖެއްސީ ވަންގޯވް ޕްލެޓްފޯމް މެދުވެރިކޮށްކަމަށެވެ.
އަދި މީޑިއާގެ އެތިކްސް ނުވަތަ އެއާ ގުޅުންހުރި ކަންކަމާ މެދު ކަންބޮޑުވުންތަކެއް ހުރިނަމަ އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެމްއެމްސީން ބުނެފައި ވެއެވެ.
މީޑިއާ ކައުންސިލުން ބުނީ ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އެ ކައުންސިލަށް، އެންމެ ގިނަ ޝަކުވާ އަންނަނީ ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުންނެވެ.
އެގޮތުން މީޑިއާތަކުގައި ޝާއިއުކުރި ކޮންޓެެންޓާ ގުޅިގެން ރައީސް އޮފީހުން އެކަނި 80 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން