އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން ބަންގި މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތް އަމާޒުކޮށްފައިވަނީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށާއި، މުބާރާތް އޮންނާނީ މާލޭ ސިޓީގައި ކަމަށެވެ.
މީގެ އިތުރުން، "ނޫރުލް އަޛާން 1446" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހެޅުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މިއީ އެ ވުޒާރާއިން އަންނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތެކެވެ.
މި ލިޔުން ކިޔާލުމުން