ދިވެހިރާއްޖެއާއި އޮމާނާއި ދެމެދު ހުރި އިންވެސްޓްމެންޓްތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް ބިން ސައީދު އަލް ހަބްސީ އާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރ ހަލީލް އޮމާނަށް ވަޑައިގެންނެވީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިނިސްޓަރ ޚަލީލް އޮމާންގެ ފިނޭންސް މިނިސްޓަރާ އެކު ބެއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް އިންވެސްޓްމަންޓްގެ ފުރުސަތުތަކާ އަދި ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.މީގެ އިތުރުން ރާއްޖެ އާއި އޮމާން އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުމަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ އޮމާނަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން