ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފުއާދު އައްޔަންކުރުމާ ގުޅޭ މައްސަލަ މަޖިލީހަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ސަފީރު ކަމަށް ފުއާދު އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ. ރުހުންދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައި އީސީގެ ރައީސްކަމަށް އައްޔަންކުރިބފުއާދުގެ އީސީގެ ދައުރު ހަމަވީ މިދިޔަ މަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. އޭނާ ވަނީ އޭގެކުރިން ވެސް ރައީސްކަމުގެ ދައުރެއް ފުރިހަމަ ކުރައްވައިފައެވެ.
ފުއާދު ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ 35 އަހަރުވެފައިވާއިރު، އޭނާ ވަނީ ފޮރިން މިނިސްޓްރީގައްޔާއި، ސާކްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން