ސްޕެނިޝް ލަލީގާގައި އާދިއްތަ ދުހުވަހުގެރޭ އެތްލެޓިކޯ މެޑްރިޑް އާއި ސެވިއާ ބައްދަލުކުރި މެޗުން ފަހުވަގުތު ލަނޑު ޖަހާ އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.
މިމެޗުން އެތްލެޓިކޯ މޮޅުވީ 4-3 ގެ ނަތީޖާއަކުން ނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެތްލެޓިކޯ އިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނިޓުގައި މި ލަނޑު އެތްލެޓިކޯއަށް ޖަހާދިނީ ރޮޑްރިގޯ ޑި ޕޯލް އެވެ. ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ 12 ވަނަ މިނިޓުގައި ސެވިއާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ޖަހާދިނީ ޑީ ލޫކެބަކިއޯ އެވެ.
މެޗުގެ 35 ވަނަ މިނިޓުގައި ސެވިއާއަށް ލީޑު ނަގަން ފުރުސަތު ލިބުނީ ރޮމޭރޯ ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ސެވިއާ ކުރީގައި އޮވެއެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރު ތަކެއް ނުވަނިސް ސެވިއާގެ ތިންވަނަ ލަނޑު ޖަހާދިނީ 57 ވަނަ މިނިޓުގައި ސަންޗޭޒްއެވެ. ނަމަވެސް އެތްލެޓިކޯގެ ކުޅުން ވަރުގަދަކޮށް 62 ވަނަ މިނިޓު އަދި 79 ވަނަ މިނިޓުގައި ލަނޑުތަށް ޖަހައިދީ ނަތީޖާ ހަމަހަމަ ކުރި އެވެ. މިލަނޑުތަށް ޖަހައިދިނީ އެންޓޮއިން ގްރިޒްމަން އަދި ސެމިއުލް ލީނޯ އެވެ.
މި ނަތީޖާގައި ނުހިފެއްޓި މެޗު ނިމެން ކައިރިވެފައި ވަނިކޮށް، އިތުރު ވަގުތުގައި ލަނޑުޖަހައިދީ އެތްލެޓިކޯ މޮޅު ކޮށްދިނީ އެޓީމުގެ ފޯވާޑު އެންޓޮއިން ގްރިޒްމަން އެވެ.
މިމޮޅާއިއެކު އެތްލެޓިކޯ އޮތީ ކުޅުނު 16 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު ތާވަލުގެ 3 ވަނައިގައެވެ.
މި ލިޔުން ކިޔާލުމުން