އެފްރިކާގެ ރަށެއް ކަމުގައިވާ ރުވާންޑާގައި ނުރައްކާތެރި މާބާގް ވައިރަސް (ބްލީޑިންގ އައި ވައިރަސް) ފެތުރި 15 މީހުން މަރުވެއްޖެ އެވެ.
ރުވާންޑާގެ ހެލްތު މިނިސްޓްރީން އިން ބުނިގޮތުގައި ނޮވެމްބަރު 29 ގެ ނިޔަލަށް ރުވާންޑާގައި މަދުވެގެން 66 މީހުންނަށް ވަނީ މިބަލި ޖެހިފައި ކަމަށެވެ.
އަދި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށާއި، އެކަމާމެދު ކަންބޮޑުވާކަމުގައި ހެލްތު މިނިސްޓްރީން އިން ބުނެފައި ވެއެވެ.
މާބަރގް ވައިރަސް އަކީ އެބޯލާ ބަލީގެ އާއިލާއަށް ނިސްބަތްވާ ވަރަށް އަވަހަށް ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި ހަމަލާދެނީ މީހުންގެ ލޭހޮޅިތަކަށް ކަމަށާއި، އަދި އޭގެ ސަބަބުން ނޭފަތް، ދަތްދޮޅި، ޖިންސީ ގުނަވަން، އަނގަ، ކަންފަތް ނުވަތަ ލޯ ފަދަ ތަންތަނުން ލޭއާދެއެވެ. މި ބަލީގެ ނަމަކަށް ބްލީޑިންގ އައި ކިޔުނީ މި ސަބަބާ ހެދިކަމަށް ސިއްހީ މާހިރުން ބުނެފައި ވެއެވެ
ސިއްހީ މާހިރުން ބުނާ ގޮތުގައި މި ބަލި އިންސާނުންނަށް ޖެހެނީ ވަކި ވައްތަރެއްގެ ވާލުގެ ޒަރީޔާއިންނެވެ. އަދި މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ ދާ ނުވަތަ ކުޅުން ކަމަށާއި، ބަލީގެ ނުރައްކާތެރި ކަމަކީ ބަލިޖެހިފައިވާ މީހާގެ ގައިން އަލާމާތްތަށް ފެންނަން ފަށަނީ ވަރަށް ލަހުން ކަމުގައި ވާތީ ކަމަށެވެ.
އަދި ފެންނަ އިރުގައި ލޭ ހޮޅިތަށް ހުންނަނީ ހަލާކުވާން ކައިރިވެފައި ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މި ބަލީގައި މީހުން އަވަހަށް މަރުވަނީ ގުނަވަންތަށް ފެއިލްވެ، މި ސަބަބާހެދި ކަމަށް ސިއްހީ މާހިރުން ބުނެފައި ވެއެވެ.
މި ބަލީގެ އަލާމަތް ތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން، ބޭރަށް ހިންގުން، ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން