ޔޫއެފާ ނޭޝަންސް ލީގު ކުއާޓާ ފައިނަލްގެ ގުރުއަތުލުން ނަގައިފި އެވެ.
ސްވިޒަލޭންޑްގެ ނިޔޯންގައި އިއްޔެ ނެގި ގުރުތުލުމުގައި، އެންމެފަހުގެ ޗެމްޕިއަން ސްޕެއިނުން ވާދަކުރަން ޖެހުނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.
އެންމެ ފުރަތަމަ ނޭޝަންސް ލީގު ކާމިޔާބު ކުރި ޕޯޗުގަލް އިން މި ފަހަރުގެ ކުއާޓާގައި ޑެންމާކާ ދެކޮޅަށް ނުކުންނަން ޖެހުނުއިރު، އޭގެފަހުން ނޭޝަންސް ލީގު ހޯދި ފްރާންސުން ކުއާޓާގައި ވާދަކުރާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
އަދި ވަރުގަދަ ޖަރުމަނުން ނުކުންނާނީ އެ ގައުމުގެ ތާރީހީ ވާދަވެރިއެއް ކަމަށްވާ އިޓަލީއާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލްގެ މި މެޗުތަށް ފަށަން ހަމަޖެހިފައިވަނީ 2025 ގެ މާޗު މަހުގެ 20 ވަނަ ދުވަހުގަ އެވެ. މެޗުތަށް ކުޅޭނީ ހޯމް އެންޑް އަވޭ ދެ ލެގަށެވެ. ސެމީ ފައިނަލް ޖޫން މަހު އޮންނާނީ އެއް ލެގުގެ މެޗެއްގެ ގޮތުގައެވެ. އޭގެފަހުން ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީވެސް ޖޫން މަހުގެ ތެރޭގައެވެ.
މިފަހަރު ނޭޝަންސް ލީގުގެ ކުއާޓާއަށް ދިޔަ ޓީމުތަކަށް ބަލާއިރު، އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ޖަރުމަނުންވެސް ކުއާޓާއަށް ދިޔައީ ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި މެޗަކުން ބަލިނުވެއެވެ. ދެން އެ ޕޮޓަށް ދިޔައީ އަނެއް ގްރޫޕްގެ އެއްވަނަ ފްރާންސެވެ.
މި ލިޔުން ކިޔާލުމުން