Saturday, October 31
ވިނިސިއަސް ޖޫނިއާގެ ހެޓްރިކަކާއެކު ރެއާލްއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލީގް ލަލީގާގައި މިރޭ ކުޅުނު މެޗުގައި ވިނިސިއަސް ޖޫނިއާގެ ހެޓްރިކަކާއެކު 4-0 އިން ރެއާލްމެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލްގެ ދަނޑުގައި މިރޭ އޮސަސުނާ އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފު ގައެވެ. މި ލަނޑު ޖަހައިދިނީ 34 ވަނަ މިނެޓުގައި ވިނިސިއަސް ޖޫނިއާ އެވެ. އަދި މިހާފުގެ 42 ވަނަ މިނެޓު ގައި ޖޫޑް ބެލިންހަމް ވެސް ވަނީ ލަނޑެއް ޖަހައިދީފަ އެވެ.

އަދި ވިނިސިއަސް ޖޫނިއާ ވަނީ ދެވަނަ ހާފުގެ ލަނޑު ތަށް 61 އަދި 69 ވަނަ މިނެޓުގައި ޖަހައިދީ ހެޓްރިކް ހަދާފަ އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން ހޯދީ ވެސް ވިނިސިއަސް ޖޫނިއާ އެވެ.

މި ހެޓްރިކްއަކީ ވިނިސިއަސް ޖޫނިއާ މަސް ދުވަސް ތެރޭގައި ހެދި ދެވަނަ ހެޓްރިކް އެވެ. ޗެމްޕިއަންސް ލީގުގައި 22 އޮކްޓޯބަރުގައި އަމިއްލަ ދަނޑުގައި ޑޯޓްމަންޑް އަތުން ރެއާލް މެޑްރިޑުން 5-2 އިން މޮޅުވި މެޗުގައި ވެސް ވިނިސިއަސް ވަނީ ހެޓްރިކް ހަދައިދީފަ އެވެ.

ޖެހިޖެހިގެން ބޮޑު ދެ މެޗުން ރެއާލުް ބަލިވުމަށް ފަހު މޮޅުވި މި މެޗުން ލިބުނު 3 ޕޮއިންޓާއި އެއްކޮށް ތާވަލުގައި ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ވަނީ ކުޑަވެފައެވެ. ކުޅުނު 12 މެޗުން 27 ޕޮއިންޓާއި އެކީ ރެއާލުް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އަދި 33 ޕޮއިންޓާއި އެކީ ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު