Wednesday, October 21
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި, މިލްކުރާގެ، އަހްމަދު ޝާހީން ޝަހީދު، (18އ) އެވެ.

ފުލުހުން ބުނީ ރޭ 22:42 ހާއިރު ހުޅުމާލެ ރީތިގަސް މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު މަޑުކުރަން ބުނުމުން ފުލުހުންގެ ދައުރަށް ހުރަސްއަޅާ މަޑު ނުކޮށް ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށްވެސް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފުލުސްމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު