Wednesday, October 21
މާލޭގެ ތިން ކެފޭއެއް ބަލައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން މާލޭގެ ތިން ކެފޭއެއް ބަލައި ފާސްކޮށް، ފަސް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭގެ ތިން ކެފޭ ހިންގަމުންދާ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ފަސް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު