Wednesday, October 21
ޓްރާންސްފޯމަރެއްގެ ތެރެޔަށް ވަދެ ވައްކަންކުރަން އިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް 13 ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެޔަށް ވަދެ ވައްކަންކުރަން އިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޓްރާންސްފޯމަރެއް ތެރެއަށް ވަދެ މީހަކު ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓްކުރީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަަހަރުގެ ނ.މާލޭންދޫ / ފެހިޔާސެރީގޭގެ އަޙްމަދު ރިސްފާންއެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ސްޓެލްކޯގެ މުވައްޒަފުންނާއި ފުލުހުން ޓްރާންސްފޯމަރު ކައިރިއަށް ދިޔައިރު އެ މީހާ އިންނަނީ ޓްރާންސްފޯމަރު ތެރޭގައި އެތެރެއިން ދޮރުގައި ހިފަހައްޓައިގެންނެވެ. ސްޓެލްކޯގެ ދެ މުވައްޒަފަކު ދޮރަށް ވަރަށް ބާރަށް ދަމައި ގަދަކަމުން ހުޅުވުމަށް ފަހު އެތެރޭގައި އިން މީހާ ނެރުނީ އެވެ.

ބިމު އަޑިން އަންނަ ހައި ވޯލްޓޭޖް ކޭބަލްތައް ސީދާ ގުޅާފައި ހުންނަ މި ޓްރާންސްފޯމަރުތަކުގައި ގަދައަށް ކަރަންޓު ދީފައި ހުންނައިރު 11،000 ވޯލްޓޭޖް ހުރެ އެވެ. މިދިޔަ މާޗު މަހުގަވެސް ހަމަ މިގޮތަށް ހިޔާގެ 3 ވަނަ ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރެއިން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު ވަނީ މަރުވެސް ވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު