Saturday, October 31
ރައީސްގެ ވައުދުފުޅު ފުއްދަވައި، ބޭރުގައި ތިބޭ ދަރިވަރުންގެ ޑޮލަރު ލިމިޓް 1,200 އަށް ބޮޑުކޮށްފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅު ފުއްދަވައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން 1،200 ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ މިދިޔަ ޑިސެމްބަރުގައެވެ.

ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑޮލަރު ލިމިޓް އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން 1,200 އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ބޮޑުކުރާ ކާޑް ލިމިޓް ދޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށެވެ. އެގޮތުން ދަރިވަރުންޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީކުރަން ކަމަށާއި،  ރަޖިސްޓްރޭޝަނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އަދި ރަޖިސްޓްރީކުރާއިރު ބޭރުގައި ކިޔަވަމުންދާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު