Monday, October 19
ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރުގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފޯރުކޮށްދެމުން އައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރު ބައްޔާ ގުޅޭ ހާއްސަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލާއެކު މި ދެ ހިދުމަތް ދެން ފޯރުކޮށްދޭނީ ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

އެގޮތުން، ނޭޝަނަލް ސެންޓަރު ފޯ ރެސްޕިރޭޓަރީ މެޑިސިން ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ މަރުކަޒު މިހާރު ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައެވެ. ނޭޝަނަލް ކެންސަރު ސެންޓަރު މެދުވެރިކޮށް ދެމުން އައި ކެންސަރު ބަލީގެ ފަރުވާގެ ހިދުމަތްތައް ވަނީ އެ ހޮސްޕިޓަލުގެ 19 ވަނަ ފަންގިފިލަޔަށް ބަދަލުކޮށްފައެވެ.

ކުރިން އައިޖީއެމްއެޗުގެ މައި އިމާރާތުގައި ދެމުން އައި ޚިދުމަތްތަކަށް މި ބަދަލު ގެނެސްފައިވަނީ، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށާއި ބަލިމީހުންނަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމެއް ގާއިމުކޮށްދިނުމުގެ މަޤްޞަދުގައެވެ.

މި ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމާ ގުޅިގެން، އެޕޮއިންޓްމަންޓް ހެދުމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުގެ ނަންބަރު 3335335 އަށް ގުޅުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު