Friday, October 16
އަބުރު ކަތިލުމުން ދުރުހެލިވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

މުސްލިމުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، މީސްމީޑިއާގައްޔާއި އެހެނިހެން ގޮތްގޮތުން މީހުންގެ އަބުރު ކަތިލުމުން ދުރުހެލިވުމަށް މުޅި މުޖުތަމަޢަށް ނަޞޭޙަތްތެރިވެ މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ވަނީ ނަހީކުރައްވާފައި ކަމަށެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދުކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މާތްވެގެންވާ ޙައްޖު ދުވަސް ޙުރުމަތްތެރިވެގެންވާ ފަދައިން، މުސްލިމުންގެ އަބުރާއި ޢިއްޒަތް ވެސް ޙުރުމަތްތެރިވެގެންވާ ކަމަށް ޚުޠުބާގައި ހާމަކޮށްފިއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްބަސްފުޅެއް ހަނދާންކޮށްދެމުން، މައްކާއާއި ޙައްޖު މަހާއި އެ ދުވަސް ޙުރުމަތްތެރިވެގެންވާ ފަދައިން، މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތައް ޙުރުމަތްތެރިކުރެއްވިގެންވާ ކަމަށް ވިދާޅުވިއެވެ.

މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަބުރު ގެއްލުވައިލުމުގެ ސަބަބުން ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު