Wednesday, October 14
ގަލޮޅު އެޕާޓްމަންޓަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ގ. ޤަޞްރު / ކ. މާލެ، ޠަލާލް މުޙައްމަދު (41އ) އާއި ނައިޓްރޯސް / މ. މުލި، އަޙްމަދު ޢުބައިދު (46އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، މި މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު