Tuesday, October 13
ހުޅުމާލެ ރަށު މާރުކޭޓުން 9 ގޮޅި ކުއްޔަށް ދޫކުރަނީ: އެޗްޑީސީ

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށުމާރުކޭޓުން 9 ގޮޅި ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، މާރުކޭޓު ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތަށް ކަނޑައެޅިގެންދާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުން ކަމަށެވެ.

ރަށުމާރުކޭޓު ގޮޅި ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 8:30 އިން ފެށިގެން، 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 15:30 ނިޔަލަށެވެ.

ގުރުއަތުނެގުން އޮންނާނީ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައެވެ. އަދި މި ގުރުއަތުލުން ކުރިއަށްދާނީ، އެޗްޑީސީ އޮފީސް އިމާރާތުގެ ހުޅަނގުން، އެޗްޑީސީ އިމާރާތާއި ފްލެޓް 12 އާއި ދެމެދުގައިވާ ހުސްބިމުގައި ޤާއިމުކޮށްފައިވާ ޓެންޓްގައެވެ.

އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓް hdc.mv އަދި properties.hdc.mv ގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ނަންބަރު 1516 އަށް ގުޅުއްވުމަށްވެސް އެޗްޑީސީން އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު