Tuesday, October 13
އޭއައިގެ ތަމްރީނު ޕްރޮގްރާމެއް ހިންގި ދައުލަތުގެ ފުރަތަމަ ކުންފުންޏަކަށް އެމްޕީއެލް ވެއްޖެ

ސަރުކާރުން ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ގައުމީ ކެމްޕޭނުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަމްރީނު ޕްރޮގްރާމެއް ހިންގި ދައުލަތުގެ ފުރަތަމަ ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެއްޖެއެވެ.

އެމްޕީއެލްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، "އޭއައި އެސެންޝަލްސް: އަންޑަސްޓޭންޑިންގ އެންޑް ވާކިންގ ވިތު އޭއައި" ގެ ނަމުގައި ހިންގި މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީއީއޯ އާއި އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

"ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން، މުޅި ރާއްޖޭގައި ޑިޖިޓަލް އަދި އޭއައިގެ ހޭލުންތެރިކަން އިތުރުކުރުމަށް ފަށާފައިވާ ގައުމީ ކެމްޕޭނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް އިރުޝާދުގެ ދަށުން، ތައުލީމީ ވުޒާރާ ހިމެނޭ ގޮތަށް ސަރުކާރުގެ ތިން ވުޒާރާއެއް ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދަނީ ފިއުޗަރ އިންސްޓިޓިއުޓާއި މައިންޑްކޯ އިންނެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، ޑިޖިޓަލް ދާއިރާއިން ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި އެމްޕީއެލްގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު